"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު އިޞްލާހު ކުރެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާލުވީ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަންޑާރަ ނައިބު ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުންކަމށާއި، އެއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަމަށެވެ. އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެވިދާނެކަމަށާއި ،ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލެއް ނުކުރައްވާކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ބިލާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ދިރާސާކުރައްވާނެކަމަށާއި، އޭގެ އަލީގައި އިޞްލާހު ކުރެވިދާނެކަމަށެވެ.
ތަފްސީލް އަންނަނީ...