މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ސާޖިދު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ބ. ކެންދޫ، އުމުރުން 33 އަހަރުގެ ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރިކަމަށް ފުލުހުންނަށް އަންގާފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.