ޚަބަރު

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް


  • މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވޭ

  • ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެންޑީއެމްއޭއިން އަންނަނީ ކުރަމުން

ހ. މެލްބޯން ގޭގެ 2ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގެ ހުޑެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު މިއަދު 11:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާކަމަށެވެ. 17 ވަަރަކަށް މިނިޓްތެރޭގައި އަލިފާން ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ހ.މެލްބޯން ގޭގެ 2 ވަނަ ފަންގިފިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.