ޚަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކަށް ފަރުވާދެނީ


  • މާރާމާރީގައި އަނިޔާ ވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށް

  • އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުން

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަޖީދީމަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަ ރޭ ފަތިހު 05:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާ ވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އެ މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.