ފ. ނިލަންދޫން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިމަހުގެ މިރޭ 10:15 އެހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކުޑަކުއްޖަކަށްވުމާއެކު އެކުއްޖާއާ ގުޅޭ އިތުރު ތަފްޞީލް ފުލުހުން އަދި ހާމަކޮށްފައިނުވެއެވެ.
އާދީއްތާ ދުވަހުގެ ހަވީރު ގެއިން ނިކުތް ގޮތައް އެ ކުއްޖާގެ ޚަބަރެއްވެފައި ނުވާކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ރަށު ކައުންސިލާއި، ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.