ޚަބަރު

އެފްއޭއެމް އެވޯޑްސް އިއުލާނުކޮށްފި


‎ފުޓްބޯޅަ ސީޒަން 2025/2026 އެފްއޭއެމް އެވޯޑްސް ތައާރަފްކޮށް އެކަން އިއުލާނުކޮށްފިއެވެ.

‎މިއީ ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ދޭ އެވޯޑުތަކެކެވެ.

‎މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އެވޯޑް ދިނުމަށް އެފްއޭއެމްއިން ހުށަހަޅާފައިވަނީ:
‎1- އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)
‎2- އެންމެ މޮޅު ފުޓްބޯޅަ ކޯޗް
‎3- އެންމެ މޮޅު ފުޓްބޯޅަ ކުލަބު
‎4- އެކާވީސް އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
‎5- ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
‎6- ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)
‎7- ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)
‎8- އެންމެ މޮޅު ފުޓްބޯޅަ ރެފްރީ
‎9- އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ
‎10- އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ
‎11- އެންމެ މޮޅު ގޯލް

‎އެފްއޭއެމް އެވޯޑްސް އިއުލާނު ކުރައްވާ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްވަނީ އަލަށްފެށި ފުޓްބޯޅަ ސީޒަންގައި ވާދަކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗްތަކުގައި އިންސާފުކުރާ ރެފްރީންނަށް ކާމިޔާބު އަދި ވާދަވެރި މުބާރާތްތަކަކަށް އެދިވަޑައިގެންފައެވެ.