ކުޅިވަރު

އޮލްމޯއަށް ހާނިއްކަވެއްޖެ، ގައުމީ ޓީމުގައިތަ؟


ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯއަށް އަނެއްކާވެސް ހާނިއްކަވެއްޖެއެވެ.

އޭނާއަށް ހާނިއްކަވެފައިވާކަން ކަށަވަރުވީ ފީފާ ވޯލްޑް ކަޕް ކޮލިފައިންއަށް ގައުމީ ޓީމާ ގުޅުނު ފަހުންނެވެ. އަދި ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާހުރެ ބާސެލޯނާ އާއި ސްޕެއިނުގެ ގައުމީ ޓީމުގެ ގުޅުންވެސް ގޯސްވެފައިވާ ވަގުތެއްގައެވެ.

އޮލްމޯގެ އަނިޔާއާ ބެހޭ ގޮތުން ސްޕެއިނުގެ ގައުމީ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނީ ގައުމީ ޓީމާ ގުޅުނުއިރު ވެސް އޮލްމޯ ހުރީ ކުޅެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ.

"އޭނާ ގައުމީ ޓީމުގެ ކޭމްޕަށް އައިއިރު ވެސް ހުރީ ތެދުވެފައި. މިހެންވެ އަހަރުމެން ބުނީ ކުޅޭނެ ކަމެއްނެތެ. މިހެންވެ އޭނާ ޕްރެކްޓިހުގައި ވެސް ބައިވެރިވި. އޭނާ އައިއިރު އޭނާ ހުރީ ވަރަށް ވަރުބަލިކޮށް،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ބާސެލޯނާއިން ވަކި އެއްޗެއް ނުބުނެ އެވެ.

އޮލްމޯ ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އެންމެ ފަހުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުލްކޮށް ކުޅެފަ އެވެ. އެ މެޗަށް ފަހު ގައުމީ ޓީމާ ގުޅުނު ކުޅުންތެރިޔާގެ ހާނިއްކައިގެ މައްސަލަ ބޮޑަށް ގޯސްވާނީ ސްޕެނިޝް ލީގުގައި ކުޅެންޖެހޭ މެޗުތައް އޭނާއަށް ގެއްލޭގޮތްވެއްޖެ ނަމައެވެ.

ބާސެލޯނާ އާއި ގައުމީ ޓީމުގެ ކުޅުން ގޯސްވީ 18 އަހަރުގެ މޮޅު ކުޅުންތެރިޔާ ލަމީން ޔަމާލްގެ އަނިޔާގެ މައްސަލާގަ އެވެ. ބާސެލޯނާއިން ބުނީ ޔަމާލަށް އަނިޔާވުމުން ގައުމީ ޓީމުން އެކަމަށް ފަރުވާ ކުރީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށެވެ. ގައުމީ ޓީމުން ބޮޑަށް ބެލީ ކުޅުންތެރިޔާގެ ބޭނުން ކުރުމަށް ކަމަށާއި އެކަށީގެންވާ ގޮތަކަށް ފަރުވާ ނުކުރާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ޑެ ލަ ފުއެންޓޭ ބުނީ ބާސެލޯނާ މާބޮޑަށް ޖަޒުބާތުގައި ޖެހިފައިވާ ކަމަށެވެ.

އޮލްމޯއަށް ހާނިއްކަވުމުން އޭނާ ލައްވައި ކޮލިފައިން މެޗުތައް ކުޅުވާނެކަން ޔަގީނެއްނޫނެވެ. އޭނާގެ ކުރިން ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑީން ހިއުސެން އަށްވެސް ވަނީ އަނިޔާވެފައެވެ. މި ސީޒަނުގެ ސްޕޭނުގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލައް ގާތްގާތުގައި ދިމާވަމުންދާއިރު ކުލަބުތަކުން ދަނީ ގައުމީ ޓީމުން ކުޅުންތެރިންނާ މެދު އަޅާލުން ކުޑަކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަނުންނެވެ.