ޚަބަރު

ސިނގިރޭޓު 2 ކޮންޓޭނަރު ވަގަށް ނެގި މައްސަލާގައި ވިޔަފާވެރިންތަކަކާއި ކަސްޓަމްސް އޮފިސަރެއް ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްގެ އޮފިސަރަކާއި 2 ވިޔަފާރިވެރިން

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުުމަތުކުރެވޭ 4 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިކަން ހާމަކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ނެރުނު ބާޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ، މިމަހުގެ 9ވަނަ ދުވަހުކަމަށެވެ.

މިމައްސަލައިގެ ތަހުޤީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މިކަން ރާވައި ހިންގުމގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ 4 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި 2 ވިޔަފާރިިވެރިޔަކާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ހިމެނޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅޭ އޮޕަރޭޝަނެއް މިރޭވެސް ކުރިއަށްދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.