ޚަބަރު

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ


  • ކަނޑުގެ އަޑިން ނަގާފައިވަނީ ބިދޭސީއެއްގެ ހަށިގަނޑު

  • މި ޙާދިސާގައި ދިވެއްސަކު ވަނީ ނިޔާވެފައި

  • އިތުރު ބިދޭސީއެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން

ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، އިތުރު މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 15:45 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ހާދިސާގައި ތިން މީހަކު ގެއްލުނެވެ. އޭގެ ތެރެއިން އެކަކު މިއަދު ހެނދުނު ނިޔާވެފައި އޮތްވާ ވަނީ ފެނިފައެވެ. އެއީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ޙޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހެނދުނު ފެނިފަވަނީ، ގއ.ދާންދުއަށް ނިސްބަތް އަޙުމަދު ޝިފާންގެ ހަށިގަނޑުކަމަށް ފުލުހުން ވިދާޅުވިއެވެ.

ގެއްލުނު އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މެންދުރު ދެވަނަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ދެވަނަ މީހާގެ ހަށިގަނޑު ނަގާފައިވަނީވެސް ކަނޑުއަޑިން ކަމަށާއި އެއީ ބިދޭސީއެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބަންޑުންޖަހާލި ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ދަތުރުކުރިއިރު، ގެއްލުނީ 3 މީހުންނެވެ. ދެ މީހުންގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު 3 ވަނަ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަނީވެސް ބިދޭސީއެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މާލެއަތޮޅު އެރިއަދޫއަށް ދަތުރުކުރަމުންދަނިކޮށް ބަނޑުންޖަހާލާފައި ވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ.