ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ ހޯމަ ދުވަހުގެ ރޭގަނޑު 10:17 އެހާކަންހާއިރު ސިނަމާލެ ބްރިޖު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ދިޔަ ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދިވެހި 2 އަންހެނުންނަށް އަނިޠާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. އެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކާރު ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައި މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެެވެ.