ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ޓަވަރު 8 އަކުން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެންދުނު 8:32 ހާއިރު ހިޔާ ޓަވަރ 8 އިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އެއީ ފިރިހެނެއްކަމަށާއި އެނާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްޞީލެއް ހިއްސާކުރައްވާފައެއްނުވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުޤީގު ކުރަމުންދާކަމަށެވެ.