ޚަބަރު

އަޙްމަދު ރިޟާ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


  • ރިޟާ އަވަހާރަވީ މެލޭޝިއާގައި

  • އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރު

ޝަރުޢީ ދާއިރާއާއި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރިޟާ އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުޢީ ދާއިރާ އާއި އަދި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާޢީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި އެއާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާލުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

އަޙްމަދު ރިޟާ އަވަހާރަވެފައިވަނީ އުމުރުފުޅުން 82 އަހަރުގައި މެލޭޝިޔާގައެވެ. ރިޟާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރުނަމާދަށް ފަހު މެލޭޝިއާގެ މަސްޖިދު އާރާ ދަމަންސަރާގައެވެ.