މާލޭގެ ގަލޮޅު ސަރަހައްދު ގޯޅިގަނޑެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ގަލޮޅު ކަންމަތި ސަރަޙައްދުގެ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ލިބިފައިވަނީ 21:52 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާންގަނޑު 22:36 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ގެއަކަށްވެސް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.