ޚަބަރު

އެފްއޭއެމް ވިމެންސް ލީގު 2025: ސާލިޔާގެ ހަތަރު ލަނޑާއެކު އޮޑިއަށް ބޮޑު މޮޅެއް


  • []

އެފްއޭއެމް ވިމެންސް ލީގު 2025 ގައި އޮޑި ސްޕޯޓްސް ކުލަބުގެ ފާތުމަތު ސާލިޔާގެ ހަތަރު ލަނޑުން މޮޅުވެ އޮޑި ސްޕޯޓްސް ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ. އޮޑި މެޗު ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 7-0 ލަނޑުންނެވެ.

ބޮޑު މޮޅަކާއެކު މެޗު ކާމިޔާބު ކުރި އޮޑިން ވަނީ ދެމެޗުން ހޯދީ ހަތަރު ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ފުރަތަމަ 2 މެޗުން ބައިކޮޅަށް ވަތް 13 ލަނޑާއެކު ޓީސީ އޮތީ ތާވަލުގެ ފުލުގައެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ އޮޑިންނެވެ. މެޗުގައި ޓީސީ އަށް އޮޑީގެ ގޯލާހަމަޔަށް ބޯޅަ ހިފައިގެން ދެވިފައެއް ނުވެއެވެ. މެޗުގެ 5 ވަނަ މިނިޓު ތެރޭގައި އޮޑިއަށް ގޯލު ހުޅުވައިލައިދިނީ ކެޕްޓަން ފާތުމަތު ސާލިޔާއެވެ. މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ މެޗުގެ 9 ވަނަ މިނިޓުގައި އޮޑިއަށް ދެވަނަ ލަނޑު ޖަހައިދިނީ ފަރަހަ އަހުމަދެވެ.

މެޗުގެ 17 ވަނަ މިނިޓުގައި އަލްތާފް މުޙައްމަދު ވަނީ އޮޑިއަށް ތިންވަނަ ލަނޑު ޖަހާދީފައެވެ. އޮޑިން ހަތަރުވަނަ ލަނޑު ކާމިޔާބު ކުރީ ލބުނު ޕެނެލްޓީއަކުން ސާލިޔާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނިޓުގައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭގައި ލިބުނު ޕެނެލްޓީއަކުން ފާތުމަތު އިނާޝާ އާދަމްއެވެ.
މެޗުގެ 45 މިނިޓުގައި ޝާލިޔާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އޮޑިއަށް ހަވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު އޮޑީގެ ހަވަނަ ލަނޑު ޝާލިޔާ ކާމިޔާބުކޮށްދިނީ މެޗުގެ 59 މިނިޓުގައެވެ.

ލީގުގައި މާދަމާ ކުޅޭނީ ވިކްޓަރީ އާއި މާޒިޔާއެވެ.