ހއ.އަތޮޅު ހޮސްޕިޓަލާއި ހއ އަތޮޅުގެ ބައެއް ޞިއްޙީމަރުކަޒުތަކަށް ގިނަ އަދަދަކަށް ދިވެހި ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާންގައި ވާގޮތުން ދިވެހި ނަރުހުން ހޯދަނީ ދާއިމީ ވަޒީފާތަކަށެވެ.
ހއ.އަތޮޅު ހޮސްޕިޓަލާއި ހއ އަތޮޅުގެ ބައެއް ޞިއްޙީމަރުކަޒުތަކަށް 47 ދިވެހި ނަރުހުން ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. އެއީ އަތޮޅު ހޮސްޕިޓަލް ހިމެނޭހެން 13 ރަށަކަށެވެ. އެގޮތުން އެންމެ ގިނައިން ނަރުހުން ބޭނުންވެގެން އިޢުލާންކޮށްފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލަށެވެ. އެއީ 16 ދިވެހި ނަރުހުންނެވެ. ދެން އެންމެ ގިނައިން ނަރުހުން ބޭނުންވަނީ ހއ. ކެލާ ސިއްޙީ މަރުކަޒަށެވެ.
- ހއ. އަތޮޅު ހޮސްޕިޓަލް: 16 ނަރުހުން
- ހއ. ބާރަށް ސިއްޙީމަރުކަޒު: 5 ނަރުހުން
- ހއ. މުރައިދޫ ސިއްޙީމަރުކަޒު: 3 ނަރުހުން
- ހއ. ތަކަންދޫ ސިއްޙީމަރުކަޒު: 3 ނަރުހުން
- ހއ. ހޯރަފުށީ ސިއްޙީމަރުކަޒު: 4 ނަރުހުން
- ހއ. ތުރާކުނު ސިއްޙީމަރުކަޒު: 1
- ހއ. އުލިގަމް ސިއްޙީމަރުކަޒު: 1
- ހއ. މޮޅަދޫ ސިއްޙީމަރުކަޒު: 1
- ހއ. ކެލާ ސިއްޙީމަރުކަޒު: 7 ނަރުހުން
- ހއ. ވަށަފަރު ސިއްޙީމަރުކަޒު: 2 ނަރުހުން
- ހއ. ފިއްލަދޫ ސިއްޙީމަރުކަޒު: 2 ނަރުހުން
- ހއ. މާރަންދޫ ސިއްޙީމަރުކަޒު: 1
- ހއ. އުތީމް ސިއްޙީމަރުކަޒު: 1
ނަރުހުން ހޯދަން އިޢުލާންކޮށްފައިވަނީ 2 ރޭންކަކަށެވެ. އެއީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނާއި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް މި މަޤާމަށް ކުރިމަތިލެވޭނެއެވެ.
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18 ވަނަ ދުވަހުގެ 14:00ގެ ކުރިން އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހާ ދެމެދު ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެކަމަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިޢުލާންގައިވެއެވެ.
ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ ޚިދުމަތް ރަނގަޅު ކުރުމުގެ އިތުރަށް ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ސިއްޙީ މަރުކަޒަުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެތަންތަނުން ޚިދުމަތް ފޯރުކޮށްދޭނެ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނިމުމުގެ ކުރިންވެސް މުވައްޒަފުންނަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެން އޮތް މިންވަރަކަށް އަންނަނީ ކުރަމުންނެވެ.