ރާއްޖޭގެ ފުޓުބޯޅަ އަލުން ދިރުވާ އާލާކުރުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް އަށް އެހީތެރިކަން ފޯރިކޮށްދިނުމާއި ގުޅޭ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ސޮއި ކޮށްފިއެވެ.
ހޯމަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެކި ގޮތްގޮތުން ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ބީއެމްއެލް އަކީ މިހާރު ކުރިޔަށްދާ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓްލް ސްޕޮންސަރއެވެ.
މީގެ އިތުންވެސް އެފްއޭއެމްގެ ޕާޓްނަރަކަށް ވުމާއެކު ކުރިޔަށް ހުރި މުބާރާތްތަކުގައި ބީއެމްއެލްގެ ފުރިހަމަ އެއްބާރުލުން ކުރިޔަށް މިއޮތް އޮތް 3 އަހަރަށް އެކި މުބާރާތަކަށް އެފްއޭއެމަށް ލިބޭނެއެވެ.
އެފްއޭއެމް އާއި ބީއެމްއެލްއާއި ދެމެދު ވެފައިވާ މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއި ކުރެއްވީ، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤެވެ.
އެފްއޭއެމް އިން ބުނީ މި ސޮއި ކުރެވުނު އެއްބަސްވުމާއެކު، މި ދެ އިދާރާގެ ޕާޓްނަރޝިޕުން ދޭހަކޮށްދެނީ ރާއްޖޭގެ ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް ބީއެމްއެލް އިން ދޭ އިސްކަން ކަމަށާއި، އެފްއޭއެމަށް ކުރާ އިތުބާރު ކަމަށެވެ. އެހެންކަމުން އެފްއޭއެމަށް ކުރާ އިތުބާރާއި ޔަގީންކަމާއި ބަހައްޓާ ގާތްކަން ފާހަގަކޮށް ބީއެމްއެލް އަށް ޝުކުރު އަދާކުރާކަމަށެވެ.
ބީއެމްއެލް އާއި އެފްއޭއެމް އާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ރީޖަނަލް ލީގުތައް ކަމަށްވާ، ނޯތު ޒޯނާއި، ސެންޓްރަލް ޒޯނާއި ސައުތު ޒޯންގެ ޓައިޓްލް ސްޕޮންސަރަކީ ބީއެމްއެލް ކަމަށް އެފްއޭއެމުން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އަތޮޅު މުބާރާތުގެ މެޗުތައް ކުޅެމުންނެވެ. އަތޮޅު މުބާރާތަށްފަހު ރީޖަނަލް މުބާރާތް ބާއްވާ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެވޭ ގޮތަށް ހަމަޖެހިފައިވާއިރު މިހާރު ޕްރިމިއާ ލީގުގައި އޮތް 10 ކުލަބުގެ ތެރެއިން ފުލަށްދާ ދެ ޓީމު ފުރަތަމަ ޑިވިޝަނުން ބޭރުވާނެއެވެ. އަދި އަތޮޅުތެރެއިން އަންނަ ޓީމުތަކަށް ފުރަތަމަ ޑިވިޝަނަށް އައުމުގެ ފުރުސަތު އަލުން މިއޮތީ ހުޅުވާލާފައެވެ.
އަތޮޅު ފުޓުބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއިން 266000 ޑޮލަރު ދޭން ވަނީ ނިންމާފައެވެ. މި އެހީތެރިކަން އެފްއޭއެމަށް ފީފާއިން ދޭން ފަށާފައިވާއިރު
މިކަން އިއުލާނު ކުރެއްވީ އޮކްޓޯބަރު 2025 ގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން ފީފާގެ ވެބްސައިޓުގައެވެ.
އަތޮޅު މުބާރާތުގައި 49 ޖަމިއްޔާއަކުން ވާދަކުރަމުންދާއިރު މި މުބާރާތުގެ އަތޮޅު ބުރަށް ފަހު ރީޖަނަލް ބުރެއް ކުޅެ އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ދެ ޓީމެއް ކޮލިފައިވާނެއެވެ. އެފްއޭމް އާއި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ބައުވެ ވީރާނާވަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ދަނޑު ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެ އިމާރާތް އަލުން ބިނާކޮށް ތަރައްޤީކުރުމުގެ ޕްލޭންތައް ރާވާ އަލުން ފުޓުބޯޅަ އިހުއޮތް ހިސާބަށް އަދި އެއަށްވުރެވެސް މައްޗަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ފީފާ އާއި ކަމާގުޅޭ ފަރާތްތަކާއެކު އެފްއޭއެމް އިން އަންނަނީ މަޝްވަރާތައް ކުރައްވާ ފައިނޭންސް ހޯއްދަވަމުންނެވެ.