ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް!


  • ވައިގަދަވެ ކަނޑުތައް ގަދަވާނެ

  • ވިއްސާރަ އަލިކުރާނީ ހުކުރަށް ފަހު

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އެންމެ ގޯސްވާނީ ދެކުނުގެ އަތޮޅުތަކަށްކަމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވާމޫސުން ފެށިގެން އާންމު ގޮތެއްގައި މިދުވަސްވަރު ކުރަމުންދާ ވިއްސާރައެއްކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު މޫސުން އެންމެ ގޯސްވާނީ ދެކުނުގެ އަތޮޅުތަކަށްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އެގޮތުން އައްޑޫ، ފުވައްމުލަށް، ހުވަދުއަތޮޅާއި ލ. އަތޮޅަށް ގުރުރުމާއެކު ވާރޭ ވެހޭނެކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދާވެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރުގައި ވައި މަޑުވާނެކަމަށައި އެގޮތުން 5 މޭލާއި 15 މޭލާއި ދެމެދުގެ ވައިޖޭހެނެކަމަށް ވިދާޅުވިއެވެ. ކަނޑުތައް ދެކުނާއި މެދުރާއްޖެތެރެއަށް ގަދަވާނެކަމަށައި އުތުރުގެ ކަނޑުތައް މަޑުވާނެކަމަށް ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ޤާއުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ދެދުވަސް ވެސް ވިއްސާރަ ކުރާނެކަމަށެވެ، އެހެންނަމަވެސް ދެކުނަށް ހުކުރަށް ފަހު ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވޭކަަމަށް ވިދާޅުވިއެވެ.