މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3 މީހުން ޑިޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:30 ހާއިރު ކަމަށެވެ.
ވައިޖެހޭ މަގުގައި ބިދޭސީންތަކެއް މެދުގައި ހިނގި މި މާރާމާރީއާ ގުޅުގެން ފުލުހުންގެ ބެލުމުގެ ދަށަށް 3 ބިދޭސީއަކު ގެނެސްފައިވެއެވެ. ފުލުހުން ވިދާޅުވީ މި ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާއިރު އެ ތަނުގައި 10 ވަރަކަށް ބިދޭސީން އުޅޭ ތަން ފެނެ އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ހުންނަ ޖެލީ ޓޭކްއަވޭގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައެވެ.