އައްޑޫ ސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ދިހައެއްޖަހާ އެހާކަންހާއިރު ހިނގި މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ފޭދޫ ބޮޑު މަގުގައި ހުރި ރެސްޓޯރަންޓެއްގެ ކައިރިން ސައިކަލް އަނބުރާލަނިކޮށް، ފަހަތުން އައި ސައިކަލެއް ޖެހިގެންކަމަށެވެ. އަދި އެކްސިޑެންޓުގައި މަރުވި އަންހެން މީހާ މަރުވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހްޤީޤް ކުރަމުންދާކަމަށެވެ.