ޚަބަރު

މިޞްރުގެ އިންތިޚާބުގެ ނަތީޖާ ލިބިއްޖެ، ބޮޑު އަޣުލަބިއްޔަތަކުން ކުރި ހޯއްދެވީ ސީސީ


‏ތިން މަސް ދުަވަހަށް ދެމިގެން ދިޔަ މިޞްރުގެ ޤާނުނުހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އިޢުލާނުކޮށްފިއެވެ.

މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ 568 އިންތިޚާބީ ގޮނޑީގެ ތެރެއިން ފަހު 49 ގޮނޑީގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވީ ބައެއް ދާއިރާތަކުގެ ވޯޓު އަލުން ނަގަން ޖެހުމާ ގުޅިގެންނެވެ. އެ އިންތިހާބަކީ މިޞްރުގެ ތާރީހުގައި ބާއްވާފައިވާ އެންމެ ދިގު އެއް އިންތިހާބެވެ. އެންމެ ފަހު ގޮނޑިތަކުގެ ނަތީޖާތައް މިހާރު ލިބިފައިވާއިރު، މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލްސީސީގ ސަރުކާރުން ވަނީ މަޖިލީހުގައި އޮތް ސާފު އަޣުލަބިއްޔަތު ދަމަހައްޓަވާފައެވެ. އެއާއެކު މިސްރުގެ ޤާނުނުއަސާސީއަށް ބަދަލުގެންނެވުމުގެ ފުރުޞަތު އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ.

މިޞްރުގެ ޤާނޫނުހަދާ މަޖިލީސް އެކުލެވިގެން ވަނީ ޖުމްލަ 596 ގޮނޑީގެ މައްޗަށެވެ. އެއީ އިންތިޚާބީ ގޮނޑިތަކުގެ އިތުރުން ރައީސް އައްުޔަނުކުރާ 5 އިންސައްތަ ގޮނޑި ހިމެނޭ ގޮތަށެވެ. ޤާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ ތިންބައި ކުޅަ ދެ ބައިގެ ރުހުން ހޯދަން ޖެހެއެވެ.

މި އަހަރުގެ އިންތިޚަބުގައި ވޯޓުލީ މީހުންގެ ޢަދަދު މަދެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޯޓުގައި ބައިވެރިވެފައި ވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުން
ގެ 32.4 އިންސައްތައެވެ.