އޮސްޓްރޭލިއާގެ ގައުމީ ދުވަސް "އޮސްޓްރޭލިއަން ޑޭ" ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ހާއްސަ ފޮޓޯ މައުރަޒެއް މާލޭގައި ހުޅުވައިފިއެވެ.
"ބައުންޑްލެސް ޕްލެއިންސް: ދަ އޮސްޓްރޭލިއަން މުސްލިމް ކަނެކްޝަން" ގެ ނަމުގައި ކުރިއަށްދާ މި މައުރަޒަކީ އޮސްޓްރޭލިއާގެ މެލްބަން އިން ގެނެސްފައިވާ ފޮޓޯތަކެއް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ. މި މައުރަޒުގައި ދައްކާލާ ފޮޓޯތަކުން ރަމްޒުކޮށްދެނީ އޮސްޓްރޭލިއާގައި ދިރިއުޅޭ މުސްލިމުންގެ ތާރީޚާއި، އެގައުމުގެ މުޖުތަމައާއި މުސްލިމުންނާ އޮތް ގުޅުމެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މި މައުރަޒަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ މުސްލިމުންނާއި، އިތުރަށް ގާތްކޮށްދީ އަހުވަންތަކޮށްދޭނެ ކަމެއް ކަމަށެވެ. އަދި އޮސްޓްރޭލިއަން އެމްބަސީން އިސްނަގައިގެން ކުރިޔަށްގެންދާ މިހަރަކާތަށް ތައުރީފުކުރަށްވާ ވަޒީރު ވަނީ މަރުޙަބާ ދަންނަވާފައެވެ.
މިހަފްލާ ބޭއްވުނު ނޭޝަނަލް އާޓްގެލަރީގެ ފާރުތަކުގައި ވަނީ މި ފޮޓޯ މައުރަޒުގައި ދެއްކުމަށް ހަމަޖެހިފައިވާ ގިނައަދަދެއްގެ ފޮޓޯ އާއި އެ ފޮޓޯތަކާއި ބޭހޭ މައުލޫމާތު ފެންނަން ހުނާނޭހެން ހަރުކުރެވިފައެވެ. އަދި މިހަފްލާގައި އޮސްޓްރޭލިއާގެ މުސްލިމުންނާ އެމީހުންގެ މިސްކިތްތަކާއި އެގައުމުގައި އުޅޭ މުސްލިމުންގެ މައުލޫމާތު ހިމެނޭހެން ލިޔެފައިވާ ގެ "ބައުންޑްލެސް ޕްލެއިންސް" ނަމުގައި ފޮތެއްވެސް ވަނީ ނެރެދެއްވާފައެވެ.
ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މައުރަޒު އާންމުންނަށް ހުޅުވާލާފައި ހުންނާނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.