ޚަބަރު

ފަހު ދިހައެއްގެ ދެ ދުވަހަކު އެމްއެމްއޭއިން ޚިދުމަތްދޭނެ


  • ޚިދުމަތް ދޭނީ މާރިޗު މަހުގެ 11 އަދި 18 ވަނަ ދުވަހު

  • ހެނދުނު 9:00އިން މެންދުރުފަހު 12:00އަށް ޚިދުމަތްދޭނެ

ރަމަޟާން މަހު ފަހު ދިހައެއް ބަންދުވުމާއި ގުޅިގެން އާންމުންނަށާއި ބޭންކުތަކަށް ޚިދުމަތް ދިނުމަށް 2 ދުވަހަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ހުޅުވާނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާރިޗު މަހު 11 ވަނަ ދުވަހާއި 18 ވަނަ ދުވަހު ކަމަށެވެ. އަދި މި ދެ ދުވަހު އެމްއެމްއޭއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 9:00 އަކުން މެންދުރުފަހު 01:00 އަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

އެމްއެމްއޭއިން ވިދާޅުވީ، މާރިޗު މަހު 11 އަދި 18ވަނަ ދުވަހު ފައިސާ ދޫކޮށް ބަލައިގަތުމާއި، ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ޚިދުމަތް ކުރިއަށް ދާނީ ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށެވެ.

ރަމަޟާން މަހާއި، ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުނޫން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް އެމްއެމްއޭއިން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހުގެ ފަހުދިހައެއް ސަރުކާރު ބަންދު ނަމަވެސް، އެކިއެކި އިދާރާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ އިދާރާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމުގެ އިންތިޒާމު ކޮންމެ އަހަރަކުވެސް ދަނީ ކުރައްވަމުންނެވެ.