ޗުއްޓީއާއި ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފިއެވެ. މޯލްޑިވިއަނުން ބުނީ މި ފެއަރ އޮންނާނީ ޖުލައި 12އިން އޮގަސްޓް މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ފެއަރގައި ދެކޮޅު ޓިކެޓްގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. އަދި 25 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ދަތުރުތައް އޮންނާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. އެގޮތުން މާލެއިން ބެންކޮކް ފްކައިޓް އޮންނާނީ މެންދުރުކުރީ 11 ޖަހާއިރުއެވެ. އަދި ބެންކޮކުން މާލެއަށް ދަތުރުފަށާނީ 18:40ގައެެވެ.
މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުޞަތު މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފައެވެ.
Bangkok is calling ✈️🇹🇭
— MaldivianAero (@MaldivianAero) March 21, 2026
Grab our special fare and fly to the city of vibrant streets, amazing food, endless shopping, and unforgettable adventures.
Book now at https://t.co/lwp36CDvvE pic.twitter.com/Mygsy1OVHy
ޗުއްޓީ ދުވަސްވަރާ ދިމާކޮށް، މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުތައް ބާއްވާފައެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުވެސް ވަނީ ކުއަލަލަމްޕޫރަށާއި ބެންކޮކަށް ދަތުރުތަކެއް ކޮށްފައެވެ.
އެ ދަތުރުތަކަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އެގޮތުން އެފަހަރު ކުއަލަލަމްޕޫރު އަދި ބެންކޮކް މަގުން ޖުމްލަ 2,120 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކުރި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރަކުވެސް ސުކޫލު ބަންދާއި އަދި ޗުއްޓީތަކާއި ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކާއި އަދި ބައިނަލްއަޤްވާމީ އުދުހުންތަކުގެ ފްލައިޓްތައްވެސް އިތުރު ކުރެއެވެ.