ޚަބަރު

މީޑިއާގެ ޙައްޤުތައް މޮނިޓަރކުރުމާއި ބެހޭ ވަރކްޝޮޕެއް ފަށައިފި


މީޑިއާގެ ޙައްޤުތައް މޮނިޓަރކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާރނަލިސްޓްސް، އަދި މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ނޫސްވެރިންގެ ޙައްޤުތަކާއި، ނޫސްވެރިންނަށްް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލު ބަދަލުކުރެވޭނެކަމަށް މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ. އަދި މީޑިއާ ރައިޓްސް މޮނިޓަރިންގ އާއި މޮނިޓަރިން ޔުނިޓާއި ގުޅޭގޮތުންވެސް ވަރކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދެވޭނެކަމަށް އެފަރާތުން ބުނެއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މިވަރކްޝޮޕްގައި މީޑިއާގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެއެވެ.