ކުޅިވަރު

ތިން ވަނަ ވޯލްޑްކަޕެއް އިޓަލީ އަށް ގެއްލުވާލާނީ ބޮސްނިއާތަ؟


ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ގެއްލުނުނަ ނުދިނުމަށް މިރޭ ބޮސްނިއާއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ހަޔާތުގައި ވެސް އެންމެ މުހިންމު މެޗު ކަމަށް އިޓަލީގެ ގޯލްކީޕަރު ޖިއާން ލުއިޖީ ޑޮންނަރޫމާ ބުނެފި އެވެ.

އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕަށް ކޮލިފައިވާނީ ބޮސްނިއާގެ އަމިއްލަ ދަނޑުގައި ކުޅޭ މި މެޗުން މޮޅުވާ ޓީމެކެވެ. އެ ބަޔަކު ހިމެނޭނީ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ބާއްވާ މުބާރާތުގެ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ކެނެޑާ އާއި ގަތަރާއި ސްވިޒަލޭންޑެވެ.

ޑޮންނަރޫމާ ބުނީ އިޓަލީ އަށް ތިން ވޯލްޑް ކަޕް ގެއްލިއްޖެނަމަ އެއީ ހިތަދްތިކަމުގެ އިންތިހާ އަށް ވާނެ ކަމަށެވެ.
"މިއީ އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު މެޗު. އަހަރުމެންނަށް ވޯލްޑް ކަޕް ނުކުޅެވިއްޖެނަމަ މިކަންވާނީ އުމުރު ދުވަހުގެ ވޭނީ ހިތްދަތި ކަމަކަށް. އަހަރުމެން ޓީމަކީ ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންގެ ޓީމެއް. މިހާރު ގައިގަ ނާރުތަކުގައި ހިނގަނީ ވަރަށް ޖަޒުބާތީ ލެޔެއް. އަހަރުމެން މި ތިބީ ވަރަށް ޕްރެޝަރުގައި،" ޑޮންނަރޫމާ ބުންޏެވެ.

އޭނާ އަދި ބުނީ ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ބޮސްނިއާ ބަލިއަކީ ބަލި ޓީމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އިދިކޮޅު ޓީމު އަންޑަ އެސްޓިމޭޓް ކޮށްގެން ނުކުމެއްޖެނަމަ އަހަރުމެން ބަލިވާނެ. މިހެންވެ އަހަރުމެން މަސައްކަތް ކުރާނީ ގަދަ އަޅައި ކުރިއަށް ދާން. މިއީ އަހަރުމެންނަށް މޮޅު ނުވެވެންވީ މެޗެއް ނޫން،" މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ބުންޏެވެ.

އިޓަލީ އަކީ ބްރެޒިލް ނަގާފައި ވޯލްޑް ކަޕް އެންމެ ގިނައިން ކާމިޔާބު ކުރި އެއް ގައުމެވެ. މި ގޮތުން އެންމެ ފަހުން އިޓަލީ 2006ގައި ހޯދި ތައްޓާއެކު ޖުމުލަ ހަތަރު ފަހަރު ވަނީ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ މާޒީ އަށް ބަލައިގެން ތިބެގެންވާނެ ކަމެއް ނޯންނާނެ ކަމަށެވެ.