މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަޙައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، މިއަދު މެންދުރުފަހު 14:16 އެހާއިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މާލޭގައި ހިނގާ މިފަދަ އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ފުލުހުންގެ ފަރާތުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.