ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7ލައްކައިން މައްޗަށް!


  • އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން

  • ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1301 ތަނެއް ވަނީ ހުޅުވާފައި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 704،711 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %1.3 ދަށްވުމެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވަނީ މެދިއުރުމަތީގެ ހަނގުރާމައާއި ގުޅިގެންނެވެ.

މިއަހަރުގެ މިހާތަނަށް ވަކިވަކި މަސްމަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު:

ޖަނަވަރީ: 227،403 ފަތުރުވެރިން
ފެބަރުއަރީ: 254،556 ފަތުރުވެރިން
މާރިޗު: 166،616 ފަތުރުވެރިން
އޭޕްރީލް 11ގެ ނިޔަލަށް: 56،136 ފަތުރުވެރިން

ވަކިވަކި ޤައުމުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ގައުމުގެ ތެރޭގައި ގިނައީ ވިލާތުގެ ޤައުމުތަކެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

ޗައިނާ: 103،212 ފަތުރުވެރިން
ރަޝިއާ: 87،340 ފަތުރުވެރިން
އިނގިރޭސިވިލާތް: 67،012 ފަތުރުވެރިން
އިޓަލީވިލާތް: 60،204 ފަތުރުވެރިން
ޖަރުމަނުވިލާތް: 47،520 ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 694،360 ފަތުރުވެރިން އައިސްފައިވަނީ ވައިގެމަގުންނެވެ. އަދި ކަނޑުމަގުން ރާއްޖެ އައިސްފައިވަނީ 10،351 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1301 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67000 އިން މައްޗަށް އަރައެވެ.