ޚަބަރު

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ތަހުޤީގުކުރަނީ


  • އަނިޔާ ލިބިފައިވަނީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކަށް

އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލައެއް މިއަދު މެންދުރު 1:10 އެހައިކަންހާއިރު ހުށަހަޅާފައިވާކަމަށެވެ

ފުލުހުން ވިދާޅުވީ، އަނިޔާ ލިބުނު ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ

ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. މި މައްސަލައިގައި ހިމެނޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.