2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިން ހައްޔަރުކުރި ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 23،000އަށް އަރައިފިއެވެ.
ޣައްޒާ ނަސްލުހޭދު ފެށުނު ފަހުން ޔަހޫދީން ވަނީ ހުޅަނގު އައްސޭރިން ހައްޔަރުކުރާ މީހުންގެ ޢަދަދު އިތުރުކޮށްފައެވެ. ފަަލަސްތީނިއަން ޕްރިސަނަރސް ސޮސައިޓީއިން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދުގެ ތެރޭގައި އިރުމަތީ ޤުދުސްއިން ހައްޔަރުކޮށްފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ. ގިނަ މީހުން ހައްޔަރުކުރަނީ ޔަހޫދީންގެ ރޭޑުތަކުގައި އާއި ޗެކުޕޮއިންޓުތަކުންނެވެ. އަދި ބިރުދައްކައި ގަދަކަމުން ވެސް ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 700 އަންހެނުންނާއި 1،800 ކުޑަކުދިން ހިމެނެއެވެ. އަދި 240 ނޫސްވެރިން ވެސް އެ ޢަދަދުގެ ތެރޭގައި ހިމެނޭއިރު، އަދި ވެސް ޔަހޫދީންގެ ބެލުމުގެ ދަށުގައި 43 ނޫސްވެރިއަކު އެބަހުއްޓެވެ. އޭގެ ތެރޭގައި ތިން އަން
ހެނުން ވެސް ހިމެނެއެވެ. ނޫސްވެރިއެއް ކަމަށްވާ މަރްވާން ނަބްލުސް ވަނީ ޔަހޫދީންގެ ބަންދުގައި ހުއްޓައި ނިޔާވެފައެވެ.
ފަަލަސްތީނިއަން ޕްރިސަނަރސް ސޮސައިޓީއިން އިތުރަށް ބުނީ ހައްޔަރުކުރުމުގައި އަނިޔާވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. ބަންދުކުރާ މީހުންނަށް ލާއިންސާނީ އަނިޔާތައްދީ، އެ މީހުންނާއި އެ މީހުންގެ ޢާއިލާތަކަށް އިންޒާރުދީ، ގޭގެއާއި ބިނާރަށް ގެއްލުން ދޭ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.