ޚަބަރު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ހުވަދު އަތޮޅަށް

  • ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ

  • ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ހުވަދު އަތޮޅަށެވެ. ސަމާލު ނެރެފައިވަނީ މިރޭ 20:00އާ ހަމައަށެވެ. މެޓުން ވިދާޅުވީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށާއި، ވައި ގަދަވާނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށާއި، ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއަދު ހެނދުނު ދެކުނުގެ އަތޮޅުތަކަށްވެސް ހުދު ސަމާލު ނެރެފައިވެއެވެ.

ހުދު ސަމާލު ނެރެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެން ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.