ވަޒީރުންގެ "އަހާ" ފޯރަމްގެ 9 ވަނަ ފޯރަމް މިރޭ އޮންނާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.
މި ފޯރަމްގެ މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.
ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު މިފޯރަމުން ފަހިވެގެންދެއެވެ.
• ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
• ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
• ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
މި ފޯރަމް އޮންނާނީ މިރޭ 21:00ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރެވޭނެއެވެ. މީގެއިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ. މިއީ ދެ ގަޑިއިރަށް ކުރިއަށްދާ ފޯރަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މި ފޯރަމްގެ ޒަރިއްޔާއިން، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމައާއި އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރި ދާއިރާތަކާއި މައްސަލަތަކުގައި އެކަންކަން ޙައްލުކުރުމަށް ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތާއެކު، ކޮންމެ ތާކުން ކޮންމެ ރަށަކުންވެސް، ފޯރަމްގައި ބައިވެރިވެވޭނެއެވެ. އަދި އެ ވަޒީރެއްގެ ދާއިރާއިން ހުށައަޅަން ބޭނުން ކޮންމެ ސުވާލެއް ހުށައެޅޭނެއެވެ.
މިހާތަނަށް އަހާ ފޯރަމްގެ 8 ފޯރަމް ވަނީ ބާއްވާފައެވެ.