ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ ހަވީރު 6:00 ޖެހުމާ ހަމައަށެވެ. މި މުއްދަތުގައި 3 ބޭފުޅަކު ނަން ހުށަހަޅާފައިވާތީ، ކެންޑިޑޭޓުންގެ ނަންބަރާއެކު ނަންތައް ވަނީ އާންމުކޮށްފައެވެ.
ޗެއަރޕާސަން ކަމަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހިމެނެއެވެ.
ކެންޑިޑޭޓު ނަންބަރ: 1- މުޙައްމަދު ނަޝީދު، ގ.ކެނެރީގެ/މާލެ
ކެންޑިޑޭޓް ނަންބަރ 2- އިބްރާހީމް މުޙައްމަދު، ހުދުވިލާގެ/ލ.ފޮނަދޫ
ކެންޑިޑޭޓް ނަންބަރ 3- މީކާއީލު އަޙްމަދު ނަސީމް، ގ.ބަރޯސާ/މާލެ
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިިޚާބު ބޭއްވުމަށް ހަމަޖެހިފައިިވަނީ އަންނަ މަހުގެ 12ވަނަ ދުވަހުއެވެ.