ފިންލެންޑާއި ސްވިޑްން އަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްދާ އިރާގު ޓީމުގައި ހިމަނަން ނިންމައިފި އެވެ.
މި ދެ ކުޅުންތެރިންނަކީ އޮސްޓްރޭލިޔާ ލީގުގައި ކުޅޭ ދެ ކުޅުންތެރިންނެވެ.
40 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެން ތައްޔާރުވާ އިރާގު ޓީމުން މި ދެ ކުޅުންތެރިން އެ ގައުމުގެ ކުޅުންތެރިން ކަމުގައި ހަދަން މިހާރު ވަނީ ފީފާގެ ރުހުން ވެސް ހޯދައިފަ އެވެ. މިއީ ޔޫރަޕުގައި ކުޅޭ ކުޅުންތެރިން ގެނެސް ގައުމީ ޓީމު ވަރުގަދަ ކުރުމުގެ ޕްލޭންގެ ދަށުން ގެނައި ކުޅުންތެރިންނެވެ.
އުމުރުން 22 އަހަރުގެ މިޑްފީލްޑަރު އަހުމަދު ގާސިމް އަކީ ސްވިޑްން އަށް ނިސްބަތްވާ ކުޅުންތެރިން ނަމަވެސް އޭނާގެ ކާފަމެން ނިސްބަތްވަނީ އިރާގަށެވެ. އަދި ޑާރިއޯ ނާމޯ އަކީ ފިންލެންޑުގެ ޒުވާން ޓީމުތަކަށް ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިން އޮސްޓްރޭލިޔާ ލީގުގައި ކުޅެނިކޮށް، އެ ކުޅުންތެރިން ފާހަގަ ކުރީ އިރާގުގެ ކޯޗަކަށް މިވަގުތު ހުރި އޮސްޓްރޭލިޔާގެ ގްރެހަމް އާނޮލްޑެވެ.
ވޯލްޑް ކަޕުގައި އިރާގު ހިމެނެނީ ފްރާންސާއި ސެނެގާލް އާއި ނޯވޭއާއެކި ގްރޫޕް އައިގަ އެވެ.