ފުޓްބޯޅައިގައި ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމަށް ވުރެ އުފާވެރި އިހްސާސްއެއް ނޯންނާނެ ކަމުގައި ފަރަންސޭސިވިލާތުގެ ޤައުމީ ޓީމުގެ ކޯޗު ޑިޑިއަރ ޑޭޝޯމްޕް ހާމަކޮށްފިއެވެ.
ފަރަންސޭސި ޓީމާއެކު ކުޅުންތެރިއެއް އަދި ކޯޗެއްގެ ހައިސިއްޔަތުން ފީފާ ވާރލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޑޭޝޯމްޕް މިކަން ހާމަކޮށްފައިވަނީ ކުރިއަށްއޮތް ފީފާ ވާރލްޑް ކަޕްގެ މުބާރާތާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ.
ފަރަންސޭސި ކޯޗު ބުނިގޮތުގައި އޭނާއަށްވަނީ ކްލަބް ލެވެލްގައި ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރުމުގެ ނަސީބު ލިބިގެން ގޮސްފައި ކަމަށާއި އޭގެ ތެރޭގައި ޔުއޭފާ ޗެމްޕިއަންސް ލީގުވެސް ހިމެނޭ ނަމަވެސް ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމަށްވުރެ އުފާވެރި ކަން ލިބޭ އިތުރު ކަމެއް ނެތް ކަމަށެވެ.
ޑޭޝޯމްޕް ހާމަކުރިގޮތުގައި 1998 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުން އަދި 2018 ވަނަ އަހަރު ކޯޗެއްގެ ހައިސިއްޔަތުން ހޯދުނު ކާމިޔާބީ އަބަދުވެސް އޭނާއާއެކު ވާނެކަމަށާއި ތާރީހް ބަދަލުނުކުރެވޭނެކަމަށެވެ. މިހާރު މުހިންމީ ކުރިއަށް އޮތް މުބާރާތަށް ތައްޔާރު ވުން ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
ފަރަންސޭސިވިލާތުންވަނީ އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައިވެސް ފައިނަލްގައި ވާދަކޮށްފައެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތުގައިވެސް ފަރަންސޭސި ރައްޔިތުން ޤަބޫލް ކުރާގޮތުގައި އެޓީމަށް އެހާހިސާބަށް ނުދެވޭންވީ ސަބަބެއް ނެތެވެ.
ޑެޝޯމްޕް ބުނިގޮތުގައި މިފަހަރުގެ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމަށް އުންމީދު ކުރާ ދިހައެއް ނުވަތަ ބާރަވަރަކަށް ޓީމު އުޅޭ ކަމަށެވެ. ނަމަވެސް މީގެތެރެއިން ތަށި ކާމިޔާބު ކުރެވޭނީ އެންމެންނަށްވެސް އެނގޭ ގޮތުގައި އެއް ޓީމަކަށް ކަމަށާއި އެހެން ކަމުން އަނެއް އެގާރަ ޓީމަށް މާޔޫސްކަން ލިބިގެންދާނެކަމަށް އޭނާ ހާމަކުރިއެވެ. އެންމެ ފަހު މުބާރާތުގައި ފަރަންސޭސި ޓީމު ވެގެންދިޔައީ އެމާޔޫސްކަން އިހްސާސް ކުރަންޖެހުނު ޓީމުތަކުގެ ތެރޭގައެެވެ.
ޑެޝޯމްޕް ހާމަކުރާގޮތުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމާއި 2018 ވަނަ އަހަރު ތަށި އުފުލާލި ޓީމާއި ދެމެދު ހުރި ހަމައެކަނި ތަފާތަކީ 2018 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ގިނަ ކުޅުންތެރިންނަކީ 2014 އަދި 2016 ވަނަ އަހަރުގެ ތަޖްރިބާ އާއެކު އެމުބާރާތަށް ކުރިމަތިލީ ކުޅުންތެރިންނަށް ވީއިރު މިފަހަރުގެ ޓީމުގައި ބޮޑެތި މުބާރާތް ތަކުގެ ތަޖުރިބާ މަދު ޒުވާން ކުޅުންތެރިން ގިނަ ވުމެވެ.
މިފަހަރުގެ މުބާރާތަކީ ޑެޝޯމްޕް ފަރަންސޭސި ޤައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ ފަހު މުބާރާތްކަން މިހާރުވަނީ ކަށަވަރުވެފައެވެ. ނަމަވެސް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ ވާރލްޑް ކަޕްގެ ތާރީހްގައި އޭނާގެ ނަން ރަން އަކުރުން ލިޔެވިގެންދާނެއެވެ.
މިވަގުތު ޑޭޝޯމްޕް އަކީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުވިލާތުގެ ފްރާންޒް ބެކެންބައުވާ އާއެކު ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ހައިސިއްޔަތުން ވާރލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ތިން ފަރާތުގެ ތެރެއިން އެއް ފަރާތެވެ. ނަމަވެސް މިފަހަރުގެ ތަށި ކާމިޔާބު ކުރެވިއްޖެނަމަ އޭނާ އެގެންދާނީ ޖެހިޖެހިގެން ވާރލްޑް ކަޕްގެ ތިން ފައިނަލަށް ޓީމެއް ގެންގޮސްދިން ފުރަތަމަ ކޯޗުގެ އިތުރުން ދެފަހަރަށް މިމުބާރާތް ކޯޗެއްގެ ހައިސިއްޔަތުން އަދި އެއް ފަހަރު ކުޅުންތެރިއެއްގެ ގޮތުގައި ތަށި ކާމިޔާބު ކުރާ ފުރަތަމަ ފަރާތަށެވެ.
މިފަހަރުގެ ވާރލްޑް ކަޕްގައި ފަރަންސޭސީން ހިމެނިފައިވަނީ ނޯވޭ، އިރާގް އަދި ސެނެގާލް އާއެކު ގްރޫޕް އައި ގައެވެ.