ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްއާ އެއްވަރު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ބުނެފި އެވެ.
މޮރޮކޯ ލީޑަ ހޯދާފައިވަނިކޮށް ފަހަތުން އަރައި ބްރެޒިލް ހަމަހަމަ ކުރަން ޖެހުނު މެޗަށް ފަހު ހަކީމީ ބުނީ ބްރެޒިލްއަކީ މުބާރާތުގެ ފެވަރިޓެއް ކަމަށެވެ.
"އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން ބްރެޒިލާ އެއްވަރު ކުރުމަކީ. އެއީ ވޯލްޑް ކަޕުގެ އެއް ފެވަރިޓް. އަހަރުމެން ޓީމުން ދެއްކީ ތައުރީފް ހައްގު ކުޅުމެއް. އަހަރުމެން އެއްވަރު ކޮށްފިން. އަހަރުމެން ކުރި މަސައްކަތާމެދު މިތިބީ ފަހުރުވެރިވެފައި،" ޕީއެސްޖީގެ ޑިފެންޑަރު ބުންޏެވެ.
މިއީ ދެކުނު އެމެރިކާ ޓީމެއްގެ ކޮޅަށް ވޯލްޑް ކަޕުގައި މޮރޮކޯ ގޯޅު ޖެހި ފުރަތަމަ ފަހަރު ވެސްމެ އެވެ. 1998 ވަނަ އަހަރު ބްރެޒިލް ކޮޅަށް ގޯލެއް ނުޖެހި ދިޔައީ އޭގެ ކުރިން ޕެރޫ ކޮޅަށް ވެސް ގޯލް ނުޖެހުނެވެ. ނަމަވެސް އެ ތާރީހު މި މެޗުގައި ބަދަލު ކުރެވުނު ނަމަވެސް ހަކީމީ ބުނީ އަދިވެސް ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
"އަހަރުމެން ކުރިއަށް ދާން އަދިވެސް އިތުރު ކަންކަން ރަނގަޅު ކުރަން ޖެހޭ. މިމެޗުގައި ވެސް ހެދުނު މިސްޓޭކްތައް އަހަރުމެން ޖެހޭނީ ޕޮޒިޓިވްކޮށް ނަގަން،" ހަކީމީ ބުންޏެވެ.
ގްރޫޕް ސީގައި މި ދެ ޓީމާއެކު ދެން ހިމެނެނީ ހައިޓީ އާއި ސްކޮޓްލޭންޑެވެ.