ޚަބަރު

ތަފާތު ބޮޑުކޮށް މޮޅުވިޔަސް ރަނގަޅު ކުރެވޭނެ ކަންތައްތައް އެބަހުރި: ސެނެގާލް ކޯޗު


  • ސެނެގާލް 5 - 0 އިރާން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އައިގައި އިރާގާއި ބައްދަލުކޮށް ތަފާތު ބޮޑުކޮށް މޮވި ނަމަވެސް ރަނގަޅު ކުރެވޭނެ ކަންތައްތައް އެބަހުރި ކަމުގައި ސެނެގާލްގެ ކޯޗު ޕާޕޭ ބޯނާ ތިއާއު ބުނެފިއެވެ.

ސެނެގާލްއިން އިރާގާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު ސުން ލަނޑުންނެވެ. މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ތިއާއު ބުނީ މިފަހަރުގެ މުބާރާތުގައި ފަރަންސޭސީންނާއި ބައްދަލުކުރި މެޗުގައި އެޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށެވެ.

މިމެޗުގައި އިރާގާއި ދެކޮޅަށް ފަސް ލަނޑުގެ ތަފާތުން މޮޅުވި ނަމަވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމުގެ ކުރިން މިމުބާރާތުގައި އިތުރަށް ކުރިއަށް ދެވޭތޯ ބެލުން މުހިންމު ކަމަށާއި އެހެން ކަމުން މިވަގުތު އެކަމަށް މަޑުކުރާނެކަމަށެވެ. ނަމަވެސް އުންމީދަކީ މިހާރު ނުކުޅެހުރި މެޗުތަކުގެ ނަތީޖާ ސެނެގާލްއަށް ފައިދާވާ ގޮތަށް ނިމިގެންދިއުމަށް އެދޭކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިރާގްގެ ކޯޗު ގްރަހަމް އާނޯލްޑް ބުނީ މެޗުގެ އެހާ ކުރީކޮޅު ރަތް ކާޑެއް ލިބުމުން މެޗު ވަރަށް ބޮޑަށް އުނދަގޫވެގެންދިޔަ ކަމަށެވެ. އަދި ސެނެގާލް ފަދަ ފާހަގަ ކޮށްލެވޭ ޓީމަކާއި ދެކޮޅަށް އެފަދަ ގޯހެއް ހެދުމުން ވާނެގޮތް މިމެޗުގައި ފެނިގެން އެދިޔައީކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި އިރާގް ކޮޅަށް ވަން 11 ލަނޑުގެ ތެރެއިން 9 ލަނޑު ބައިކޮޅަށް ވަދެފައިވަނީ އޭނާގެ ކުޅުންތެރިންނަށް ހެދުނު ގޯސް ތަކުން ކަމަށެވެ. އަދި މިމެޗުގެ ދެވަނަ ހާފުގައި ކުޅުންތެރިން މާބޮޑަށް ވަރުބަލިވިކަންވެސް އޭނާ ފާހަގަ ކުރިއެވެ.