ފަހުވަގުތު އިންގްލެންޑް ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޗެމްޕިއަން އާޖެންޓީނާ ދަތުރުކޮށްފި އެވެ.
އާޖެންޓީނާ ވިދިވިދިގެން ދެވަނަ ފައިނަލަށް ދަތުރުކުރީ އިންގްލެންޑުން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ލަނޑުން މޮޅުވެގެންނެވެ. މެޗުގައި އިންގްލެންޑުން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނިޓްގައި، އެންތަނީ ގޯޑަންގެ ލަނޑުންނެވެ. މޯގަން ރޮޖާސް ނަގައިދިން ހުރަސް ގޯޑަން ގޯލަށް ފޮނުވާލީ އެއްފަހަރުން ޖަހައެވެ. އެލީޑްގައި މެޗުގެ 85 ވަނަ މިނިޓާ ހަމައަށް އިންގްލެންޑް ދެމިއޮތެވެ. އާޖެންޓީނާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް، އެންޒޯ ފެނާންޑޭޒްގެ ލަނޑުންނެވެ. އިންގްލެންޑްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދާ، ފައިނަލަށް ދަތުރުކުރީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ. އާޖެންޓީނާގެ ދެ ލަނޑު ޖަަހަންވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ކެޕްޓަން މެސީއެވެ.
މިނަތީޖާއާއެކު 60 އަހަރުގެ ތެރޭގައި މުބާރާތުގެ ފައިނަލަށް ދަތުރުކުރަން އިންގްލެންޑަށް ލިބުނު ފުރުޞަތު ގެއްލި، އާޖެންޓީނާއިން ތަށި ދިފާއުކުރުމުގެ ފުރުޞަތު ހޯދީއެވެ. ފައިނަލްގައި ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ވާދަކުރަން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއެވެ.