ޚަބަރު

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ނިޔާޒު ވަކިކޮށްފި


  • ނިޔާޒު އައްޔަން ކުރެއްވީ 2023 ވަނަ އަހަރު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން އަޚްމަދު ނިޔާޒު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވިދާޅުވީ، އެ މަޤާމުން މިއަދުން ފެށިގެން ނިޔާޒު ވަކިކޮށްފައިވާ ކަމަށެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަޤާމަށް ނިޔާޒު އައްޔަން ކުރެއްވީ، 2023 ވަނަ އަހަރުގެ ނޮވްމެބަރު މަހުގައެވެ. އޭގެ ކުރިން ނިޔާޒު ހުންނެވީ، އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައެވެ. އޭނާ އެ ކުންފުންނާ ގުޅިވަޑައިގަތީ، 2007 ވަނަ އަހަރުއެވެ. މި ވީ މުއްދަތުގައި ނިޔާޒުވަނީ، އެ ކުންފުނީގެ އެކި މަޤާމުތައް ފުރުއްވާފައިވެއެވެ.