ޚަބަރު

ވިލާ ކޮލެޖު ކައިރީގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް


  • 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވޭ

  • ހާދިސާ ހިނގީ މިއަދު ހެނދުނު 08:15 ހާއިރު

މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:15 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެކްސިޑެންޓުވި އެއް ސައިކަލުގެ ފަހަތުގައި އިން އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ، އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ވެސް ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.