ކުޅިވަރު

އެމެރިކާ ލީގުން ކުޅުންތެރިން ގަންނަން 370 މިލިއަން ޑޮލަރު


އެމެރިކާ މޭޖަރ ސޮކާ ލީގުން މި ސީޒަނަށް ކުޅުންތެރިން ގަތުމަށް 370 މިލިއަން ޑޮލަރު ހަރަދު ކޮށްފި އެވެ.

މިއީ އެންމެ ފަހުގެ ސީޒަނާ އަޅާ ބަލާއިރު 34 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ކުރިއަރަމުން އަންނަ އެ ލީގުން 2025ގައި ހޭދަކުރީ 336 މިލިއަން ޑޮލެރެވެ. އޭގެ ކުރީ ސީޒަނުގައި 172 މިލިއަން ޑޮލެރެވެ.

މި ގޮތުން ރޮއިޓާސްއިން ބުނާ ގޮތުގައި އެމެރިކާ ލީގުގެ އަށް ކުލަބަކުން ވަނީ އެބައެއް އަމިއްލަ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މި ގޮތުން ލުއީ ސިޓީން ވަނީ ދެ ފަހަރު ރެކޯޑް މުގުރާލައިފަ އެވެ.

މި ސީޒަނަށް ވޯލްޑް ކަޕް ވެސް ކުޅެފައިވާ ތަޖުރިބާކާރު 30 ކުޅުންތެރިއަކު ވަނީ އެމެރިކާ ލީގަށް ބަދަލުވެފަ އެވެ. މީގެ މިދިޔަ ޖުލައި މަހު ނިމުނު އެންމެ ފަހުގެ ވޯލްޑް ކަޕް ކުޅުނު 20 ކުޅުންތެރިއަކު ވެސް ހިމެނެ އެވެ.

އެމެރިކާ ލީގުން މިހާ ބޮޑު ހަރަދެއް ކުރިއެރު 218 މިލިއަންގެ އާމްދަނީއެއް ވެސް ލިބުނެވެ. އެއީ ކުޅުންތެރިން ވިއްކައިގެންނެވެ. މި ގޮތުން އެ ލީގގެ ކުލަބުތަކުން ތައާރަފްވި 15 ކުޅުންތެރިއަކު ވަނީ ބޮޑު އަގުގައި އެހެން ލީގުތަކަކަށް ގެންގޮސްފަ އެވެ.