ޚަބަރު

އިކުއެޑޯގެ އާ ކޯޗަކަށް އާޖެންޓީނާގެ ގަލާޑޯ ހަމަޖައްސައިފި


  • ގަލާޑޯ މަސައްކަތެއް ނެތި ހުންނަތާ 7 މަސް ވެއްޖެ

އިކުއެޑޯ ޤައުމީ ފުޓްބޯޅަ ޓީމްގެ އާ ކޯޗަކަށް އާޖެންޓީނާގެ މާސެލޯ ގަލާޑޯ ހަމަޖައްސައިފިއެވެ.

މާސެލޯ އަށް މަރުހަބާ ކިޔަމުން އެކުއެޑޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އެގައުމުގައި ހުނަރާއެކު ޕްލޭނެއްވެސް އަދި ކުރިއަށް ދިއުމަށް ރަނގަޅު އޮނިގަނޑަކާއި އަމާޒެއްވެސް އެބައޮތް ކަމަށެވެ. މިވަގުތަށް މުހިއްމީ އެކަން އެގަމުގެ ރައްޔިތުން ގަބޫލުކުރުން ކަމަށާއި, ނަތީޖާއަށް ވާސިލްވުމަށް މާސެލޯއަކީ ރަނގަޅު ކޯޗެއްކަމަށް ދެކޭ ކަމަށެވެ.

އިކުއެޑޯ ކޯޗުގެ މަގާމް ހުސްވީ ވޯލްޑްކަޕްގައި އިރުޝާދުދިން ސެބަސްޓިއަން ބެކަސީސްގެ އެއްބަސްވުން އެމުބާރާތަށްފަހު އާނުކުރަން ނިންމުމުންނެވެ. މުބާރާތުން އިކުއެޑޯ ކެޓީ ގަދަ 32 ޓީމްގެ ބުރުގައި މެކްސިކޯ އަތުން ބެލިވެގެންނެވެ.

އިކުއެޑޯ ކޯޗުކަމަށް ހަމަޖެއްސި 50 އަހަރުގެ މާސެލޯ ގަލާޑޯ މަސައްކަތެއް ނެތި ހުންނަތާ ހަތް މަސް ވެއްޖެއެވެ. އެންމެފަހުން އޭނާ ހުރީ އާޖެންޓީނާގެ ރިވަޕްލޭޓްގެ ކޯޗުކަމުގައެވެ. ދެވަނަ ފަހަރަށް އެޓީމާ ހަވާލުވެ, އޭނާގެ ވަޒީފާ ގެއްލުނީ ފެބްރުއަރީ މަހު އެވެ. ފުރަތަމަ ފަހަރު އެޓީމަށް ދެ ތަށި ހޯދައިދިނެވެ. އުރުގުއޭ އާއި ސައުދީ ލީގުގައިވެސް އޭނާ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ.

މާސެލޯ ގަލާޑޯއާއެކު އިކުއެޑޯއަށް ފުރަތަމަ އޮތީ މިމަހު 24 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރި ކަމުގެ މެޗެވެ.