ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ، ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގެ ދެވަނަ މެޗުން ރާއްޖޭގެ މައްޗަށް ކުރި ހޯދާ އުޒްބަކިސްތާނުން ގްރޫޕްގެ ދެވަނައަށް ޖެހިލައިފިއެވެ.
މުބާރާތުގައި ވާދަކުރަމުންދާ ޤައުމީ ފިރިހެން ޓީޓީ ޓީމުގެ މައްޗަށް ކަޒަކިސްތާނުން ކުރި ހޯދީ ޓީމު އިވެންޓުގެ ދެވަނަ މެޗުގައި ސީދާ ތިން ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އަޚްޔާރް އަހްމަދު ޚާލިދު ނުކުތީ އުޒްބަކިސްތާނުގެ ޝޯކްރޫޚް އިސްކަންދަރޯވްއާ ދެކޮޅަށެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 07-11، 07-11، 03-11އިންނެވެ.
މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާޢީލް ނުކުތީ އުޒްބަކިސްތާނުގެ ދިޔޯރުބެކް ދިލްޝޮދޯވްއާ ދެކޮޅަށެވެ. ދެވަނަ ގޭމުގެ ސެޓުތައް ދިޔައީ 09-11، 03-11، 07-11 އިންނެވެ.
ތިންވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް އަޙްމަދު، ނުކުތީ އުޒްބަކިސްތާނުގެ ޚޫރުޝިދު އަޙްމަދޯވްއާ ދެކޮޅަށެވެ. މިގޭމުގެ ސެޓުތައް ދިޔައީ 10-12، 06-11، 13-11، 06-11 އިންނެވެ.
ނަގޯޔާގެ ސްކައި ހޯލް ޓޮޔޯޓާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓް ތަކުގައި ޤައުމީ ޓީމުން ދެން ވާދަކުރާނީ މިކްސްޑް ޑަބަލްސް، ޑަބަލްސް އަދި ސިންގަލްސް މެޗުތަކުގައެވެ.