ދުބާއީގެ މަޝްހޫރު ސެންޓު ބްރޭންޑެއްކަމުގައިވާ "ރިފްސް ޕަރފިއުމް"ގެ އެންމެ ފަހުގެ ޕްރޮޑަކްޓް "ފްރީޒްއިން ފްލޭމްސް" ސެންޓު ޕޮއިސް ޕާފިއުމްސްއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
އެކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، "ފްރީޒް ފްލޭމްސް" ސެންޓު ލޯންޗުކޮށްދެއްވީ، ޕޮއިސް ޑިސްޓްރިބިއުޓާސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ ހުސައިން ފާއިޒް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަޙުމަދު ޒަމީރެވެ. އަދި ރިފްސްގެ ފަރާތުން ޕްރަޝާންތު ބައިވެރިވިއެވެ.
"ފްރީޒްއިން ފްލޭމްސް" ސެންޓަކީ، އައިއެފްއެފް ކުންފުނިން، "ޕަލްޕް އެކްސްޓްރެކްޓް" ޓެކްނޮލޮޖީ ބޭނުންކޮށްގެން އަލަށް އުފެއްދި ސެންޓެކެވެ. ރާސްބެރީ އަދި ފެޝަން ފްރުޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ސެންޓުން ދެ މާވޭގެ ފިނި ތާޒާ ވަހެއް ދުވައެވެ. މިއީ މި ދެ މޭވާ އެއްކޮށްގެން ސެންޓެއް އުފެއްދި ފުރަތަމަ ފަހަރެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕޮއިސް ޕާފިއުމްސްއިން ވިދާޅުވީ، ފްރީޒްއިން ފްލޭމްސްގެ ސެންޓުތައް ޕޮއިސްގެ ހުރިހާ ފިހާރައަކުންވެސް ލިބެން ހުންނާނެކަމަށެވެ.
އެގޮތުން، ޕޮއިސް ޕާފިއުމްސް މާލެ އަދި ހުޅުމާލެ، ޕޮއިސް ޕާފިއުމްސް ޕްލަސް، ޕޮއިސް ޕާފިއުމްސް ބިއުޓީ، ޕޮއިސް ޕާފިއުމްސް އެސްޓީއޯ ކިއޮސްކް އަދި ޕޮއިސް ޖެނެރަލް ޓްރޭޑިން އިން މި ސެންޓު ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ.
ޕޮއިސްއިން ދަނީ ހެޔޮ އަގެއްގައި ރަނގަޅު އުފެއްދުންތައް ކަސްޓަމަރުންނަށް ވިއްކަމުންނެވެ.