ޚަބަރު

ދިއްދޫ ބަލިކޮށް ޓީސީ ކުރިއަށް ޖެހިލައިފި


  • ޓީސީ މެޗު ކާމިޔާބުކުރީ 0-1

  • މެޗުގެ ހަމައެކަނި ލަނޑު ޓީސީއަށް ޖަހައިދިނީ މެޖްސަން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެ، އަމިއްލަ ދަނޑުގައި ދިއްދޫއިން ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެއެވެ۔

ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗު ޓީސީ ކާމިޔާބުކުރީ 1-0 އިންނެވެ.

މި މެޗުގެ ކުރިން ދިއްދޫ ދަނޑުގައި ކުޅުނު ދެ މެޗުވެސް ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ނަމަވެސް، މި މެޗުން ބަލިވުމާއެކު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫއަށް ވަނީ މުހިންމު 3 ޕޮއިންޓު ގެއްލިފައެވެ.

މެޗުގެ ހަމައެކަނީ ލަނޑު ހޯސޭ މެގްސަން ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ۔ ދިއްދޫގެ ދިފާއީ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މެގްސަން ގޯލް ކާމިޔާބުކުރީ މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ތިރިން ދުރުކަނަށް ވައްދާލައިގެންނެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މެގްސަން ވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މި ނަތީޖާއާއެކު ލީގު ތާވަލަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ۔ މެޗުން މޮޅުވި ޓީސީ ވަނީ 6 ޕޮއިންޓާއެކު ތާވަލުގައި ދިއްދޫ ފަހަތަށްޖައްސާލާ 7 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

ދިއްދޫ އޮތީ ކުޅުނު 5 މެޗުން 5 ޕޮއިންޓާއެކު ލީގުގެ 8 ވަނާގައެވެ.