މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރެއްވި މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ބުދަ ދުވަހު ރޭ ބޭއްވެވުމަށް ނިންމަވައިފިއެވެ.
މި ޖަލްސާގައި އެކިއެކި ދާއިރާތަކުން ފާހަގަކުރެވޭ ޒުވާނުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދެއްވުން އޮންނާނެއެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ސަރުކާރުން ގެންދަވަނީ، ޒުވާނުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކުރައްވަމުންނެވެ. މިއަހަރުގެ ޒުވާނުންގެ ދުވަހަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިއާރަކީ "ޒުވާނުންނާއި އުންމީދު" މި ޝިއާރެވެ.
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މާލެއާއި، އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ގިނަ ޙަރަކާތްތަކެއް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަވާފައިވެއެވެ.