ޚަބަރު

މިއަހަރުގެ ޝިޢާރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި


"އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން"އަކީ 2017 ވަނަ އަހަރުގެ ޝިޢާރު ކަމުގައި ކަނޑައަޅުއްވާ، އެ ޝިޢާރު ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފިއެވެ.

މިގޮތަށް އެމަނިކުފާނު މި އަހަރުގެ ޝިޢާރު ކަނޑައެޅުއްވީ ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރުގައިވާ ފަދައިން ދިވެހިރާއްޖެއަކީ ފުދުންތެރި ވިޔަފާރިއަށް ފަހި މާޙައުލެއް އޮތް ޤައުމަކަށް ހެއްދެވުމަށް ކުރައްވަމުންދާ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމުގެ މަޤްޞަދުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. މިގޮތުން، ފެބުރުއަރީމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި މިޝިޢާރު ބޭނުން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.