ހދ. ނޭކުރެންދޫގައި އަލަށް ގޯތި ދޫކުރައްވާފައިވާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭކުރެންދޫ ކައުންސިލް މެމްބަރ ޢަލީ އާދަމް ވިދާޅުވީ އަލަށް ގޯތި ދެއްވި ސަރަޙައްދުގެ މަގުތައް ލެވެލްކުރެއްވުމާއި މަގު ފުޅާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާލެވޭނެ ލަފާކުރެއްވޭ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
img:http://s1.psmnews.mv/images/660x400/14859377251399.jpg|ނޭކުރެންދޫ އަލަށް ގޯތި ދޫކުރި ސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
އަލަށް ދޫކުރައްވާފައިވާ ސަތޭކަ ގޯތި ހިމެނޭ މިސަރަޙައްދުގެ މަގުތަކެއް މި ޕްރޮޖެކްޓްގެ ދަށުން ލެވެލްކުރެއްވުމާއި ހަނިމަގުތައް ފުޅާކުރެއްވޭނެކަމަށް ނޭކުރެންދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.
ނޭކުރެންދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށްޓަވާފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ. މިޕްރޮޖެކްޓަކީ ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަވާ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން ކުރިއަށްގެންދަވާ މަސައްކަތެކެވެ.