ޚަބަރު

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށްޓަށް ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހި ބައެއް ގެތަކުގައި ފެންބޮޑުވުމާ ގުޅިގެން ގެއްލުންތަކެއްވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ރޭ 10:00 ޖަހާ އެހާއިރުން ފެށިގެން މެންދަމާ ހަމައަށް ކުޅުދުއްފުށްޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ 14 ގެއެއްގައި ފެންބޮޑުވެ މުދަލާއި ތަކެއްޗަށް ގެއްލުންވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި ބައެއް ގެތަކުގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ގެއްލުންވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

img:http://s2.psmnews.mv/images/660x400/14887157525222.jpg|ކުޅުދުއްފުށީ ގެއެއްގައި ފެންބޮޑުވެފައި / ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ފުލުހުންނާއި އެމްއެންޑީއެފް އަދި އެރަށު ކައުންސިލް އަދި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.