މަތިންދާބޯޓެއްގައި ލަވަ އަޑު އަހަން އިން އަންހެނެއްގެ ބެޓެރި ހެޑް ސެޓްގައި އަލިފާން ރޯވެ، އޭނާއަށް ޒަޚަމްތަކެއްވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ޗައިނާގެ ބެއިޖިންގ އިން ފުރައިގެން އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގައެވެ. މިހާދިސާގައި އަންހެން މީހާ ލަވަ ޖަހައިގެން ނިދާފައި އޮތްވާ ދަތުރުގެ މެދެއްހާ ހިސާބުން ކުއްލިއަކަށް އޭނާއަށް ހޭލެވުނީ އެއްޗެއް ގޮވި އަޑަށްކަމަށް އޭނާ ބުންޏެވެ. އަދި ހޭލެވުނުއިރު މޫނު މައްޗަށް ދެލި ކުލައާރައި ބައެއް ޒަޚަމްތަކެއް ލިބިފައި ހުރިކަމަށް އޭނާ ބުންޏެވެ. ހާދިސާ ހިނގުމާއެކު އޭނާގެ އަތުގައި އޮތް ބެޓެރި ހެޑްސެޓް އެއްލާލިކަމަށާއި އަދި އެވަގުތު ބޯޓުގެ ކުރޫއިން ވެގެން ހެޑްސެޓަށް ފެންޖަހާ ނިއްވާލިކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ބޯޓު ތެރޭގައި ޕްލާސްޓިކާއި އިސްތަށި އެނދުމުގެ ވަސް ހުރުމުން އެހެން ޕަސިންޖަރުންނަށް ދަތުރުމަތީގައި އުނދަގޫވެ، ކެއްސާ ހެދިކަމަށް ޙަބަރުތައް ބުނެއެވެ.
img:http://s4.psmnews.mv/images/660x400/14895686178302.jpg|ލަވަ ޖަހަން އިންދާ ހެޑްފޯނުގައި އަލިފާން ރޯވެ، ޒަޚަމްވި އަންހެން މީހާ / އަލިފާން ރޯވީ ހެޑްސެޓްގެ ބެޓެރީގައިކަމަށް ލަފާ ކުރެވޭ
އޮސްޓްރޭލިއާގެ ވައިގެ ދަތުރުފަތުރުތަކުގެ ސަލާމަތާ ބެހޭ އިދާރާއިން ބުނީ މިކަން ވަރަށް ސީރިއަސްކޮށް ބަލާނެކަމަށެވެ. އަދި މިކަމުގައި ހެޑްފޯނުގެ ބެޓެރި އުފެއްދި ފަރާތާއި ސުވާލުކުރަންޖެހުނަސް އެކަންވެސް ކުރާނެކަމަށް އޮސްޓްރޭލިއާގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ އިދާރާއިން ބުންޏެވެ. އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނީ، އަލިފާން ރޯވީ ހެޑްފޯނުގެ ބަދަލުގައި ހެޑްފޯނުގެ ބެޓަރީގައިކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް އެއީ ކޮން ބްރޭންޑެއްގެ ހެޑް ފޯނެއްކަމެއް ނުވަތަ ކޮން ބްރޭންޑެއްގެ ބެޓަރިއެއްކަމެއް އެއްވެސް ފަރާތަކުން ހާމައެއްނުކުރެއެވެ.
img:http://s3.psmnews.mv/images/660x400/14895686506148.jpg|ލަވަ ޖަހަން އިންދާ ހެޑްފޯނުގައި އަލިފާން ރޯވެ، ޒަޚަމްވި އަންހެން މީހާގެ އަތް ޒަޙަމްވެފައި / އަލިފާން ރޯވީ ހެޑްސެޓްގެ ބެޓެރީގައިކަމަށް ލަފާ ކުރެވޭ
މިހާދިސާ ހިނގުމުގެ އެއްދުވަސް ކުރިން ޗައިނާއިން ފުރި އެއަރބަސް މަތިންދާބޯޓެއްގައި އޮތް ޕަވަރ ބެންކެއްގައި އަލިފާން ރޯވެ، އެމަތިންދާބޯޓު ކުއްލި ހާލަތުގައި ޖަޕާނުގެ ނަގޯޔާއަށް ވަނީ ޖައްސާފައެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ކަމާބެހޭ މާހިރުން ވަނީ ލަގެޖުގެ ގޮތުގައި ބޯޓަށް ދޫކޮށްލާ ތަކެތީގައި ބެޓެރި ފަދަ ތަކެތި ނުބެހެެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ހާލަތެއްގައި އެކަހަލަ ހާދިސާއެއް ދިމާވެއްޖެނަމަ އޭގެ ނުރައްކާ މާބޮޑުކަމަށް މާހިރުން ވިދާޅުވެއެވެ.
ބެޓަރީގައި ރޯވުމުގެ ހާދިސާތަކެއް ކުރިމަތިވެގެން މިދިޔަ އަހަރު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ސެމްސަންގު ނޯޓް 7 ފޯނުތައް އެމެރިކާގެ އެއްވެސް ފްލައިޓެއްގައި ބޭނުންކުރުން އަދި އުފުލުންވެސް މަނާކޮށްފައެވެ.