ގުޅިގެން 2026ގެ ވަރލްޑްކަޕް ބޭއްވުމަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯއިން ބިޑްކޮށްފިއެވެ. މިއީ ތިން ޤައުމެއް ގުޅިގެން ވަރލްޑްކަޕް ބޭއްވުމަށް ބިޑްކުރި ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން 2026ވަނަ އަހަރުގެ ވަރލްޑްކަޕްގައި 48ޤައުމު ވާދަކުރާނެއެވެ. މިއީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންތީނޯ ގެނެސްފައިވާ ބަދަލަކަށްވާއިރު މިހާރު ވަރލްޑްކަޕްގައި ވާދަކުރަމުން އަންނަނީ 32 ޤައުމެވެ. 48 ޤައުމު ވާދަކުރާ ވަރލްޑްކަޕްގައި ގިނަ މެޗްތަކެއް ކުޅޭއިރު ގުޅިގެން ވަރލްޑްކަޕް ބޭއްވުމަށް ބިޑްކުރިއިރު އެމެރިކާގައި 60 މެޗު ކެނެޑާގައި 10 މެޗު އަދި މެކްސިކޯގައި 10 މެޗް ކުޅޭގޮތައް ވަނީ ހުށަހަޅާފައެވެ.
2026ގެ ވަރލްޑްކަޕް ބާއްވާނެ ޤައުމެއް ނިންމާނީ 2020ވަނަ އަހަރުއެވެ. 2018ވަނަ އަހަރުގެ ވަރލްޑްކަޕް ރަޝިއާގައި ބާއްވާއިރު 2022ވަނަ އަހަރުގެ ވަރލްޑްކަޕް ބާއްވާނީ ޤަތަރުގައެވެ.
ފީފާއިން މީގެ ކުރިން ވަރލްޑްކަޕް ބާއްވާ ޤައުމުތައް ނިންމަނީ އެކްޒެކްޓިވް ކޮމިޓީގެ ބައްދަލްވުމުންނެވެ. ނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް މީގެ ކުރިން މަސައްކަތްތައް ކޮށްފައިވާތީ ފީފާއިން މިހާރު ނިންމާފައިވަނީ ވަރލްޑްކަޕް ބާއްވާނެ ޤައުމެއް ފީފާގެ މެމްބަރު ޤައުމުތަކުގެ ވޯޓުން ނިންމުމަށެވެ.